ރާޅުގަނޑު ސަރަހައްދަށް ވެހިކަލް ވަނުން މަނާ ގަޑިތަކެއް ހަމަޖައްސައިފި

ބަންދު ދުވަސްތަކުގެ ވަކި ގަޑިތަކެއްގައި ރާޅުގަނޑު ސަރަހައްދަށް ވެހިކަލް ވަނުން މަނާކުރާ ކޮށްފި އެވެ. ރާޅުގަނޑު ސަރަހައްދުން ބޮޑުތަކުރުފާނު މަގަށް، އެއްގަމު އުޅަނދު ވަނުން މަނާ ދުވަސްތަކާއި ވަގުތު ކަނޑ...

01 Apr 2015 | 07:02

ބަންދު ދުވަސްތަކުގެ ވަކި ގަޑިތަކެއްގައި ރާޅުގަނޑު ސަރަހައްދަށް ވެހިކަލް ވަނުން މަނާކުރާ ކޮށްފި އެވެ.

ރާޅުގަނޑު ސަރަހައްދުން ބޮޑުތަކުރުފާނު މަގަށް، އެއްގަމު އުޅަނދު ވަނުން މަނާ ދުވަސްތަކާއި ވަގުތު ކަނޑައެޅިކަން އަންގައިދޭ ބޯޑް ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ އެސަރަހައްދުގައި ބަހައްޓާފައެވެ.

އެކަން އަންގާ ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރާޅުގަނޑު ސަރަހައްދާ އިންވެގެން ހުރި މަގުތަކަށް ދުއްވާ އެއްޗެހި ވަނުން މަނާ ކުރީ އެ ސަރަހައްދަކީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ކަސްރަތު ކޮށް އުފާކޮށްލަން ދާ ސަރަހައްދަކަށް ވުމުން އެވަގުތުތަކުގައި ވެހިކަލް ދަތުރު ކުރުމުން މީހުންނަށް އުނދަގޫވާނެތީ އާންމު ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށެވެ.

ރާޅުގަނޑު ސަރަހައްދު ބަންދުކޮށްފައިވަނީ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ފަތިހު 5:30 އިން ހެނދުނު 9:00 އަށެވެ. އަދި ހަވީރު 4:30 އިން އިރުއޮއްސި 6:30 އަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް އެ އުސޫލަށް އަމަލު ކުރާނެ އެވެ.

މީގެ ކުރިން ހައުސިންގ މިނިސްޓްރީން ވަނީ މާލޭގެ ހަނިގޯލިތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ކަމަށް ބުނެ ބައެއް ގޯޅިތަކަށް ވެހިކަލް ތަކަށް ނުވަދެވޭގޮތަށް ބަންދުކޮށްފައެވެ. ނަމަވެސް ފަހުން އާންމުންގެ ޝަކުވާ އިތުރުވުމާއި ގުޅިގެން އެ މަގުތައް ވަނީ ހުޅުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް