ޅިޔަނު ކެފޭގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް މީހާ މަރާލުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފި އެވެ.
އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މއިަދު ކޯޓަށް ހާޒިރު ކުރުމުން ކޮންމެ މީހެއްގެ ބަންދަށްވެސް ވަނީ ކޯޓުން 10 ދުވަސް ޖަހައިދީފަ އެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހީން މިއާ (29އ)ގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައްޔަރު ކޮއްފައިވަނީ 24 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެކެވެ. އަދި އެ ދެ މީހުންނަކީ ދެ ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ހައްޔަރުކުރި މީހުންގެ އިތުރު މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އެހާދިސާ ހިނގިތާ އެއް ހަފްތާ ފަހުންނެވެ.
ޝާހީން މިއާ މަރާލާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ފަތިހު 04:00 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އޭނާ މަސައްކަތް ކުރާ ކެފޭ ތެރެއަށް ވަދެ ތޫނު އެއްޗަކުން އޭނާގެ މެއަށް ހަމަލާ ދީގެންނެވެ. އެތަނުގައި މަސައްކަތް ކުރާ މީހުން މައުލޫމާތުދީފައި ވާގޮތުގައި އެރޭ ދެ ފަހަރެއްގެ މަތިން ގްރޫޕަކުން އެތަނަށްވަދެ ބިރުދައްކާ ތަކެއްޗަށް ގެއްލުންދީފައި ވެއެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް