އެސްޓީއޯގެ ފާމަސީއެއް އދ. ހަންޏާމީދޫގައި ހުޅުވައިފި އެވެ.
އެސްޓީއޯއިން ބުނީ ހަންޏާމީދޫގައި ހުޅުވުނު ފާމަސީ އަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުވި ފާމސީއެއް ކަމަށެވެ.
ހަންޏާމީދޫގައި ހުޅުވުނު ފާމަސީއާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު ވަނީ 102 އަށް އަރާފަ އެވެ.
އެސްޓީއޯއިން ބުނެފައިވަނީ އެ މަޝްރޫގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވިގެން ދާނެ ކަމަށެވެ. އަދި ބައެއް ރަށްރަށުން އާންމު ބޭސްތައް ވެސް ލިބެން ނުހުންނާތީ ރައްޔިތުންގެ ޝަކުވާ ބޮޑު އިރު އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވުމުން އެކަން ހައްލުވެގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް