މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ކުރިން ބޭޏުން ކުރަމުން އައި ޔުނީފޯމް ބަދަލުކޮށް އަލަށް ތައާރަފްކުރެވުނު ޓެކްޓިކަލް ޔުނީފޯމް މިއަދު ބޭނުންކުރަން ފަށައިފިއެވެ.
އެ ސާވިސަސްއިން ބުނީ އަލަށް ތައާރަފްކުރެވުނު ޔުނީފޯމަކީ މަސައްކަތު މާހައުލުގައި ބޭނުންކުރުމަށް ފަސޭހަވާނޭހެން ފަރުމާކުރެވިފައިވާ ޔުނީފޯމެއް ކަމަށެވެ.
އަލަށް ތައާރަފް ކުރެވުނު ޔުނީފޯމް ތައާރަފް ކުރުމަށްޓަކައި ޖަލުތަކުގައި މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތު ތަކުގައި ކޮމިޝަންޑް އޮފިސަރުންނާއި ޖަލުތަކުގެ ޑައިރެކްޓަރުންގެ އިތުރުން ގިނައަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.
ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ޝަރަފްވެރިކޮށްދެއްވާފައިވާއިރު މާފުށި ޖަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒިލާލްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް