މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލް!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލްކޮށްފި އެވެ. މަޖިލީހުގެ އިދާރާއިން ބުނީ މިއަދުގެ މަޖިލީހުގެ ޖަލްސާވެސް ނުބާއްވާގޮތަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ނިންމި ސަބަބެއް ހާމައ...

01 Apr 2015 | 05:34

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލްކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މިއަދުގެ މަޖިލީހުގެ ޖަލްސާވެސް ނުބާއްވާގޮތަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ނިންމި ސަބަބެއް ހާމައެއް ނުކުރެ އެވެ.

އިއްޔެ ބާއްވަން އޮތް މަޖިލީހުގެ ޖަލްސާވެސް ވަނީ ކެންސަލްކޮށްފަ އެވެ.

އިއްޔެ ޖަލްސާ ކެންސަލްކޮށްލީ ޖަލްސާ ފެށުމަށް ފަހު ކަމަށްވިޔަސް މިއަދުގެ ޖަލްސާގެ އެޖެންޑާއެއްވެސް އާންމުކޮށްފައެއް ނުވެ އެވެ. އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބައެއް މެންބަރުން އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ބައްދަލުވުމަށް ވަޑައިގަތުމާއި ގުޅިގެން މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާ މިއަދު ނުބާއްވަން ނިންމާފަވާއިރު 2015 ވަނަ އަހަރުގެ ފުރަތަމަ ދައުރު ފެށުނީއްސުރެއް މަޖިލީހުގެ ޖަލްސާތަކުގައި އެމްޑީޕީގެ މެމްބަރުން ގެންދަވަނީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ގޮވާލާ އިހުތިޖާޖުކުރައްވަމުން ނެވެ. އެކަމާއި ގުޅިގެން މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑުވެސް މަޖިލީހުގެ އިދާރާއިން ދޫނުކުރެ އެވެ.

ނަމަވެސް އަޑުގަދަ ކުރުންތަކާއި އެކުވެސް މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދެ އެވެ.

މަޖިލީހުގެ ގަވާއިދުގަވާ ގޮތުން ޗުއްޓީ ނޫންނަމަ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު މަޖިލީހުގެ ޖަލްސާ ބާއްވަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް