މިއަދު ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި ކުއްޖާ ނިޔާވެއްޖެ

އައްޑޫ ސިޓީ ހިތަދޫ ލިންކްރޯޑުގައި ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަޙަމްވި ތިން މީހުންގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި...

31 Mar 2015 | 20:21

އައްޑޫ ސިޓީ ހިތަދޫ ލިންކްރޯޑުގައި ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަޙަމްވި ތިން މީހުންގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ 16 އަހަރުގެ ކުއްޖާ ނިޔާވެއްޖެއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާ ނިޔާވިކަމުގެ މައުލޫމާތު ހޮސްޕިޓަލުން ލިބުނީ 12:40 ހާއިރު ކަމަށެވެ.

އިރުއޮއްސެން އުޅެނިކޮށް ހިތަދޫ “އައިސް ޑިލައިޓް” ރެސްޓޯރެންޓާ ދިމާލުން ހިނގި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވެ އެވެ.

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރޭގައި އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް