ކާބޯތަކެތީގެ އިޝްތިހާރު ހުއްދަ ނަގަން ޖެހޭނީ "ދެވަނައެއް ނެތް" ނުވަތަ، އެހެން ކާބޯތަކެއްޗާ އަޅާކިޔާ އިސްތިހާރެއް ނަމަ ކަމަށް ބުނެފި

ކާބޯތަކެތީގެ އިސްތިހާރު ހުއްދަ ނަގަން ޖެހޭނީ އެ އެއްޗެއްގެ މަގްބޫލުކަން އިތުރު ކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތަށް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން (އެމްއެފްޑީއޭ) އިން ބުނެފިއެވެ....

01 Mar 2025 | 17:49

ކާބޯތަކެތީގެ އިސްތިހާރު ހުއްދަ ނަގަން ޖެހޭނީ އެ އެއްޗެއްގެ މަގްބޫލުކަން އިތުރު ކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތަށް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެ އޮތޯރިޓީއިން މިހެން ބުނެފައިވަނީ މިރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.

މައްސަލަ ވަރަށް ހޫނުވެފައިވާ އެ ގަވާއިދުގެ ތިންވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރުކުރުމަށް އެދޭ ފަރާތްތަކުން އެ އިޝްތިހާރެއް އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ އިޝްތިހާރެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

މިރޭ ނެރުނު ނޫސްބަޔާނުގައި އެމްއެފްޑީއޭއިން ބުނެފައިވަނީ ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދުގެ ދަށުން މި އޮތޯރިޓީއަށް ހުށަހަޅައިގެން ހުއްދަ ހޯދުމަށް ގަވާއިދުގައި ބަޔާންކޮށްފައިވަނީ ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ބާވަތެއް ނުވަތަ އެއްޗެއްގެ މަގްބޫލުކަން އިތުރު ކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތަށް ކަމަށެވެ.

"ރެސްޓޯރަންޓް ފަދަ ތަންތަނުގައި ބޭނުންކުރާ "މެނޫ" އަދި ކާބޯތަކެތީގެ ޚިދުމަތް ނުވަތަ ވަކި ކާބޯއެއްޗެއް ލިބެން ހުރިކަމަށް ބުނެ ވާޗުއަލް ޕްލެޓްފޯމް ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ކާބޯތަކެތީގެ ޕޯސްޓްތައް އިޝްތިހާރުގެ ގޮތުގައި ހުއްދަ ނަގާކަށް ނުޖެހޭ" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް މިގޮތަށް ކޮށްފައިވާ ޕޯސްޓްގައި ހިމެނޭ ކާބޯއެއްޗަކީ ދެވަނައެއް ނެތް ނުވަތަ އެހެން ކާބޯއެއްޗަކާ އަޅައިކިޔުންފަދަ އިބާރާތެއް ނުވަތަ ފޮޓޯއެއް ނުވަތަ މި ނޫންވެސް އެ ކާބޯއެއްޗެއްގެ މަޤުބލުކަން ދޭހަވާފަދަ ކަމެއް ހިމަނާފައިވާނަމަ މި އޮތޯރިޓީގެ ހުއްދަ ލިބިގެން މެނުވީ ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް