ބަރަކާތްތެރި ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު މިއީ މެލޭޝިޔާގެ ނޫހެއްގައި ލިޔެފައިވާ އާޓިކަލެއްގެ ތަރުޖަމާއެކެވެ.
މެލޭޝިޔާގެ ފިލްމީ ތަރި އަދި ލަވަކިޔުންތެރިޔާ އަބްދުލް ފައްތާހް މުހައްމަދު އަމީން (ފައްތާހް އަމީން) ހަމަ އެ ގައުމުގެ ފިލްމީ ތަރި ނޫރް ފަޒުރާ ޝަރީފުއްދީން (ފަޒުރާ) އާއި ކައިވެނި ކުރި 2017 ވަނަ އަހަރުގައެވެ.
އެ ދެމަފިރިންނަށް ދަރިއަކު ލިބިފައިވީނަމަވެސް ފަޒުރާ ބޭނުންވެގެން މިދިޔަ އަހަރުގެ ނޮވެމްބަރު އެ ކައިވެނި ވަނީ ނިމުމަކަށް އައިސްފައެވެ.
މެލޭޝިޔާގެ ނޫހަކަށް އިއްޔެ ދިން އިންޓަވިއުއެއްގައި ފައްތާހް އަމީން ބުނެފައިވަނީ މި ރޯދަ މަހު އެންމެ ދެރަވާނެ އެއް ކަމަކީ ހާރަށް ގޮވުމާއި ރޯދަ ވީއްލަން ކައްކަން އަނބިގޮއްޔެ ނެތުން ކަމަށެވެ.
އެކަން އެހެން އޮތް ނަމަވެސް މުސްލިމުންނަށް ވީތީ ގަޟާގަދަރަށް އީމާންވެ ކެތްތެރިވުން ނޫންގޮތެއް ނެތް ކަމުގައި އޭނާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް