ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ސްކީމްގެ ދަށުން ފްލެޓް ލިބިފައިވާ 1820 މީހެއްގެ ލިސްޓު އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން މިދިޔަ ބުރާސްފަތި ދުވަހު ހާމަކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށެވެ.
އެ ވުޒާރާއިން ބުނެފައިވަނީ ޝަކުވާއެއް ވާނަމަ [email protected] އީމެއިލް އަށް ނުވަތަ އެ ވުޒާރާއަށް އެޑްރެސްކޮށް ފޮނުވާ ސިޓީއަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެ ވުޒާރާގެ 4004911 އަދި 4004910 އަށް ގުޅުވައި މަޢުލޫމާތު ސާފުކުރުމަށްވެސް އެދިފައިވެއެވެ.
4000 ފްލެޓްގެ ތެރެއިން ފްލެޓް ލިބޭ 1820 މީހެއްގެ ލިސްޓް ހާމަކޮށްފައިވާއިރު އެ ލިސްޓްގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓް ލިބޭ 1423 ފަރާތަކާއި ދެ ކޮޓަރީގެ ފްލެޓް ލިބޭ 397 ފަރާތެއްގެ މަޢުލޫމާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް