ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ފިޔަވައި މުޅި ރާއްޖެއަށް މެޓުން ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
އަސުރުން 03:15 އިން ފެށިގެން މިރޭގެ 09:00 އާއި ދެމެދުގެ ވަގުތަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
އެންމެ ދެކުނުގެ ހަތަރު އަތޮޅު ފިޔަވައި މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު އެންމެ ދެކުނުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް