މި ރޯދަމަހު ޑައިޓީޝަން އާސިޔާގެ ނަސޭހަތަކީ ފަންޏާ ފޮންޏާ މަދުކޮށް ކެއުންބުއިމުގައި މެދުމިންވަރެއް އިހްތިޔާރު ކުރުން

ރޯދަމަހާ ދިމާކޮށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ސީނިއަރ ޑައިޓީޝަން، އާސިޔާ އަބްދުލް ރަހީމް ދިވެހިންނަށް ހާއްސަ ނަސޭހަތްތަކެއް ދެއްވައިފިއެވެ. މި ނަސޭހަތްތަތަކާއި އިލްތިމާސްތ...

01 Mar 2025 | 08:55

ރޯދަމަހާ ދިމާކޮށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ސީނިއަރ ޑައިޓީޝަން، އާސިޔާ އަބްދުލް ރަހީމް ދިވެހިންނަށް ހާއްސަ ނަސޭހަތްތަކެއް ދެއްވައިފިއެވެ.

މި ނަސޭހަތްތަތަކާއި އިލްތިމާސްތައް ކުރައްވާފައިވަނީ އައިޖީއެމް ހޮސްޕިޓަލުން އިއްޔެ އާންމުކުރި ވީޑިއޯއެއްގައެވެ.

އެ ވީޑިއޯގައި ރޯދަޔަށް ހުރުމަކީ ރަނގަޅަށް ފުރިހަމަޔަށް ގެންދެވިއްޖެކަމަށްވާނަމަ ސިއްހީގޮތުން ވަރަށް ބައިވަރު ފައިދާތަކެއް ކުރާ ކަމެއް ކަމާއި އަދި ހަށިގަނޑު ވިހަ މާއްދާތައް ނައްތާލުމާ، ފުރަމެއިން ޝަރުބީ އެނދުންފަދަ ވަރަށް ބައިވަރު ސިއްހީ ފައިދާތައް ލިބޭ ކަމެއްކަން އާސިޔާ ފާހަގަކުރައްވާފައިވެއެވެ.

"ނަމަވެސް ފާހަގަކޮށްލެވޭ، އަޅުގަނޑުމެންނަށް ކެއުންބުއިމާ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ނޭދެވޭ ބަދަލުތަކެއްގެ ސަބަބުން، ބަރުދަން އިތުރުވުމާ ފުރަމޭގަ ޝަރުބީ ހިފުމާ، ހަކުރު ކޮންޓްރޯލުން ނެއްޓުމާ، ހަށިގަނޑުން ފެން މަދުވުމާ، ގޭސް މައްސަލަތައް ދިމާވުންފަދަ ސިއްހީ ބައެއް މައްސަލަތައް އެބަ ދިމާވޭ" އާސިޔާ ފާހަގަކުރައްވާފައިވެއެވެ.

ޑައިޓީޝަން އާސިޔާ ފާހަގަކުރައްވާފައިވާގޮތުގައި މައިގަނޑުގޮތެއްގައި ބަލައިލަންވީ ކެއުން ބުއިމުގައި އިސްރާފު މަދުކޮށް ކެއުން ބުއިމުގައި މެދުމިންވަރު އިހްތިޔާރުކޮށް އަދި ހާރުގަޑި ލަސްކޮށް، އަދި ރޯދަ ވީއްލާ ގަޑީގައި އަވަސް އަރައިގަނެގެން ނުކައި އަދި ފަނީގެ ބާވަތްތަކާ ފޮނީގެ ބާވަތްތައް މަދުކޮށް އަދި ކެއުމުގައި ހިމަނަންޖެހޭ ހުރިހާ ބާވަތެއް ހިމަނައިގެން ކާ ކަހަލަ ކެއުމެއް ކުރިއަށް ގެންދިއުމަށެވެ.

މީގެ އިތުރުން ހަކުރު ބަލި ފަދަ ބައްޔެއް ހުރިނަމަ ޑައިޓީޝަނެއްގެ އިރުޝާދާއެއްކޮށް ކެއުންބުއިން ބައްޓަންކުރުން ވަރަށް މުހިންމު ކަމުގައިވެސް އާސިޔާ ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް