ނިމިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަސް ވެގެންދިޔައީ ސޫރިޔާގެ ލަތާކިޔާ ސަރަހައްދުގައި އޮންނަ ބޭޔަރްބުޖާކްގެ ތުރުކްމަނުންނަށް މިނިވަންކަން ލިބިގެންދިޔަ ދުވަހެއްގެ ގޮތުގައެވެ.
އެއީ ފާއިތުވި 25 ވަރަކަށް އަހަރު ދުވަހު އެ ޤައުމުގައި ވެރިކަން ކުރި ބައްސާރުލް އަސަދުގެ ވެރިކަން ނިމުމަކަށް އައިސް އޭނާ އެ ޤައުމު ދޫކޮށް ދިޔަ ދުވަހެވެ.
ބޭޔަރްބުޖާކްގެ ތުރުކްމަނުންނަކީ ފާއިތުވި 25 ވަރަކަށް އަހަރު ސަރުކާރުން އަޅާނުލާ އޮންނަ އަދި ހަމަ އެހެންމެ ހަމަލާތައް ބަދަލުކުރެވޭ ސަރަޙައްދަކަށް ވުމުން ހަމަޖެހުމެއް އުފަލެއް އަރާމެއް އެ ސަރަޙައްދުގެ ރައްޔިތުންނަށް ނުލިބި ދިޔަ މުސްލިމް ރައްޔިތުން ތަކެކެވެ. އޭރު ހަމަލަތައް އަސަދުގެ ސަރުކާރުންނާއި ރަޝިޔާގެ ފަރާތުން ދޭތެރެ ދޭތެރެއިން ދެމުންގޮސް ބޭޔަރްބުޖާކް އޮތީ ގާތްގަނޑަކަށްހެން ވީރާނާކޮށްލާފައެވެ. އެ ސަރަހައްދުގެ މީހުން އެކި ސަރަހައްދަށް ހިޖުރަވެސް ކުރި މެއެވެ.
ކޮންމެއަކަސް އަސަދުގެ ދުވަސްވީ ވެރިކަން ނިމި ބޭޔަރުބުޖާކްގެ ރައްޔިތުން އެނބުރި އެމީހުންގެ ސަހަރަށް ހިޖުރަކޮށް އާރާސްތު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިއީ ފާއިތުވި 25 ވަރަކަށް އަހަރުގެ ތެރޭގައި މިނިވަން ކަމާއެކު ބޭޔަރްބުޖާކްގެ ރައްޔިތުންނަށް ރަމަޟާން މަސް ފާހަގަކުރެވޭނެ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.
އިންތިހާ ގޮންޖެހުންތަކާއެކުވެސް އެ ސަރަހައްދުގެ ރައްޔިތުން ވަނީ މަގުތައް ދޮވެ ސާފުކޮށް ރޯދަޔަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައެވެ. ބޭޔަރްބުޖާކްގެ އާންމު ރައްޔިތުންގެ މާލީ ހާލަތު އިންތިހާ ގޯސް ނަމަވެސް މި އަހަރު އެ ރައްޔިތުން ބުނަނީ މި ރަމަޟާން މަހަކީ އެ ރައްޔިތުންނަށް އުފާވެރިކަމާ މިނިވަންކަމުގެ ބަރަކާތުން ފުރިގެންދާނެ ރަމަޟާންމަހެއްކަމުގައި ވާނެކަމުގެ ފޮނި އުންމީދު ލިބިގެންގޮސްފި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް