ރިޔާސީ އިންތިހާބުގެ މައި މަރުކަޒަކަށްްްްްްްްްްްްްްްްްްްް ދަރުބާރުގެ!

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސައިފި އެވެ. ކުރިން މައި މަރުކަޒުގެ ގޮތުގައި ހަމަޖައްސައި ދޭން ނިންމީ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ބައެކެވެ. އެކަމަކ...

01 Mar 2023 | 18:33

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސައިފި އެވެ.

ކުރިން މައި މަރުކަޒުގެ ގޮތުގައި ހަމަޖައްސައި ދޭން ނިންމީ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ބައެކެވެ. އެކަމަކު އިލެކްޝަނުން ދިޔައީ އެތަނުގައި ޖާގައިގެ ދަތިކަން ހުރި ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިރޭ ވިދާޅުވީ އިންތިހާބުގެ މައި މަރުކަޒެއްގެ ގޮތުގައި ދަރުބާރުގެ ބޭނުންކުރަން ޕްލޭނިން މިނިސްޓްރީން އެތަން އެ ކޮމިޝަނަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.

މި ފަހުން ބޭއްވި ހުރިހާ އިންތިހާބެއްގައިވެސް އިންތިހާބާއި ބެހޭ މައި މަރުކަޒުގެ ގޮތުގައި ބޭނުން ކުރީ ބާ ޖަމާލުއްދީނުން އީސީއަށް ދޫކޮށްފައިވާ އިމާރާތެވެ. އެކަމަކު އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އަޅަން އެ ސަރަހައްދު ދަނީ ހުސްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް