ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝަހިދު އިންޑިއާއަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ މިދަތުރުފުޅަކީ ރައިސީނާ ޑައިލޮގް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. މި ކޮންފަރެންސް ފަށާނީ މާދަމާ އެވެ.
އެއީ އިންޑިއާގެ ފޮރިން މިނިސްޓްރީއާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަނާ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ދަތުރުފުޅުގެ ތެރެއިން އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވެސް ޝާހިދު ބައްދަލު ކުރައްވާނެ ކަމަށެވެ.
މި ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް