ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ސިޔާސީ މަޝވަރާތަކެއް ކުރެއްވި ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މި ބައްދަލުވުން އޮތީ ރައީސް އޮފީހުގައި އެވެ.
ބައްދަލުވުމަށް ފަހު ނުކުމެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ ސިޔާސީ ވާހަކައިގެ ތެރެއިން ކޯލިޝަންގެ ވާހަކަ ދެއްކެވި ކަމަށެވެ. އެކަމަކު އިތުރު ތަފްސީލް ދެއްވެން ނެތް ކަމަށް ވިދާޅުވި އެވެ.
ތަފްސީލްނުދެއްވިސުވާލުތަކުގެ ތެރޭގައި ރައީސް ސޯލިހާއި އެކު ކޯލިޝަން ހެދުމާއި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމާއި މެދު ގޮތެއް ނިންމުން ހިމެނެ އެވެ.
ރައީސް ސޯލިހާއި ގާސިމް ބައްދަލު ކުރެއްވި އިރު ޖޭޕީ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން އުޅޭ ކަމަށް ބުނާ އަޑުތަކެއްވެސް ވަނީ ގަދަވެފައި އެވެ. އެކަމަކު މިކަމާއި ގުޅޭގޮތުން ދެ ފަރާތުންވެސް އެއްޗެއް އަދި ރަސްމީކޮށް ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް