މޯލްޑިވިއަން އިން ޓިކެޓުގެ އަގު ބޮޑުކޮށްފި އެވެ.
ޓިކެޓުގެ އަގުބޮޑު ކުރީ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ގްރައުންޑް ހޭންޑްލިން ފީ ބޮޑުވުމުންނެވެ.
ޓިކެޓުގެ އަގު އެންމެ ބޮޑުކޮށްފައިވަނީ ގދ. ކާޑެއްދޫ އެއާޕޯޓަށް ކުރާ ދަތުރުތަކުގައި އެވެ. އެ ދަތުރުތަކުން180 ރުފިޔާ ބޮޑުކޮށްފައިވާއިރު އެހެން އެއާޕޯޓުތަކުން ބޮޑުކޮށްފައިވަނީ ޓިކެޓަކުން70 ރުފިޔާ އެވެ.
ރީޖަނަލް އެއާޕޯޓުން ވަނީ ގްރައުންޑް ހޭންޑްލިން ފީ މިހާރު ހުރި ރޭޓުތަކަށް ވުރެ ގާތްގަނޑަކަށް 10 ޕަސެންޓް އިތުރުކުރަން ނިންމައިފަ އެވެ. އަދި ވިލާ ގްރޫޕުން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ ގްރައުންޑް ހޭންޑްލިން ފީ ވެސް ޖެނުއަރީ މަހުން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެ.
ގްރައުންޑް ހޭންޑްލިން ފީ އަކީ އެ އެއާޕޯޓަށް ޖައްސާ ކޮންމެ ބޯޓަކުން ނަގާ ފީ އެވެ. އެ ފީ ނަގަނީ ބޯޓު ނައްޓާލާ އިރު އާއި ޖައްސާ އިރު އެ ދޭ ރޭމްޕް ހިދުމަތްތަކާއި މާޝަލް ކުރުމުގެ ހިދުމަތްތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް