ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތ. ހިރިލަންދޫއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މި ދަތުރުފުޅުގައި ރައީސް އެ ރަށަށް ވަޑައިގެންނަވާނީ މާދަމާ ކަމަށެވެ. މިއީ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުުރުފުޅަކީ ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހަފްލާގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
މިދަތުރުފުޅަކީ މިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދަތުރުފުޅުތަކަށް ފަހު ރައީސް އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސް އެންމެ ފަހުން ދަތުރުފުޅެއްގައި ވަޑައިގެންނެވީ ސިންގަޕޫރަށެވެ. ހަފްތާއަކަށް ކުރެއްވި އެ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް