ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައްދަލު ކުރައްވަމުން އެބަގެންދަވަ އެވެ.
މި ބައްދަލުވުން ކުރިޔަށް ދަނީ ރައީސް އޮފީހުގައި އެވެ.
ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު "ދުވަސް" އަށް ވިދާޅުވީ އެ ބައްދަލުވުން އަދިވެސް ކުރިޔަށް ދާ ކަމަށެވެ. އެކަމަކު ބައްދަލުވުމުގެ ތަފްސީލް ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުން ބާއްވަމުން ދާއިރު ޖޭޕީ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން އުޅޭ ކަމަށް ބުނާ އަޑުތަކެއްވެސް ވަނީ ގަދަވެފައި އެވެ. އެކަމަކު މިކަމާއި ގުޅޭގޮތުން ދެ ފަރާތުންވެސް އެއްޗެއް އަދި ރަސްމީކޮށް ނުބުނެ އެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް