ކުރިޔަށް އޮތް ރޯދަ މަހަށް އެސްޓީއޯއީން ފިޔާ،، އަލުވި އަދި ބިސް ވިއްކާ ހެޔޮ އަގުތައް ހާމަކޮށްފި އެވެ.
އެސްޓޯއިން ބުނީ އުންމީދަކީ މި ރޯދަމަހުވެސް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި، މެދުކެނޑުމެއްނެތި ފޯރުކޮށްދިނުން ކަމަށެވެ. އެ ކުންފުނިން ހެޔޮ އަގުގައި އެތަކެތި ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެ އެވެެ.
އެ ކުންފުނިން ބުނީ ރޯދަ މަހު އެސްޓީއޯގެ ފިހާރަތަކުން ފިޔާ ކިލޯއެއް ނުވަ ރުފިޔާއަށް ވިއްކަން ނިންމާފައިވާ ކަމަށެވެ. ފިޔާ ބަސްތާއެއް 180 ރުފިޔާ ލިބޭނެ ކަމަށެވެ.
ބިހެއް ވިއްކަން ނިންމާފައިވަނީ 1.75 ރުފިޔާ އަށެވެ. ބިސް ކޭހެއް 320 ރުފިޔާ އަށެވެ.
އަލުވި ކިލޯއެއް 11 ރުފިޔާއަށް ވިއްކަން ނިންމާފައިވާއިރު ބަސްތާއެއް 250 ރުފިޔާއަށް ލިބޭނެ އެވެ.
ކޮންމެ އަހަރަކު ވެސް ފިޔާ، އަލުވި އަދި ބިހަކީ ކަސްޓަމަރުންގެ އެންމެ ޑިމާންޑު ބޮޑު އަދި އަގު އަރައިގެންދާ ބާވަތްތަކެކެވެ. އޭގެ ތެރެއިން ފުރަތަމަ ސްޓޮކް ގެނެސްފައިވާ އިރު އެތަކެތި ބާޒާރުގައި މިހާރު ލިބެން ހުންނާނެ އެވެ.
އެ ތަކެތި ރީޓެއިލްކޮށް މި ވަގުތު ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުންނެވެ. ވިޔަފާރިވެރިންނަށް ހާއްސަކޮށް، ހޯލްސޭލްކޮށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖުންނާއި ހުޅުމާލޭގެ ރޯދަ މާޓުން ލިބޭނެ އެވެ.
އިންޑަސްޓްރިއަލް ވިލެޖުން މުދާ ދޫކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯ އިން ބުނިގޮތުގައި އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ހިންގާ އެ ކުންފުނީގެ 11 ފިހާރައަކުން ވެސް ރޯދަމަސް ފެށުމުގެ ކުރިން ފިޔާ، އަލުވި އަދި ބިސް ލިބެން ހުންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް