ރައީސަކީ ފައިސަލް ނަސީމްތޯ އިދިކޮޅުން އުފައްދަމުންދާ ސުވާލުގެ މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހެޅުއްވީ މަހިބަދޫ ދައިރާގެ މެމްބަރު އަހުމަދު ތޯރިގު އެވެ. މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.
ތޯރިގު ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ ރައީސްގެ މަގާމާ ފައިސަލް ހަވާލުވެވަޑައިގަތީ ގާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (ރ) ގައި ބުނާ ފަދަ ހާލަތެއް މެދުވެރިވެގެން ކަމަށް ބަލަންޖެހޭ ކަމަށެވެ. އެ މާއްދާގައި ބުނާ ގޮތުން އެއްވެސް ސަބަބަކާ ހުރެ ރައީސްގެ މަގާމް ހުސްވެއްޖެ ނަމަ އެ މަގާމާ ހަވާލު ވާނީ ނައިބު ރައީސެވެ.
ތޯރިގު ވިދާޅުވީ މި މައްސަލާގައި ފައިސަލާ ކުރުވަނިވި ސާފު ހައްލެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހޯދައިދޭން ޖެހޭ ކަމަށް ދެކޭތީ އެފަދަ ހައްލެއް ހޯދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން ގަރާރު ހުށަހެޅީ ކަމަށެވެ.
ރައީސްް ސޯލިހު ސާޖަރީއެއް ހަދަން ޖެހުމުން ރައީސް ކަމުގެ ހުވާ ނައިބު ރައީސް ފައިސަލް ކުރެއްވީ ފެބްރުއަރީ25، 2022 ގެ ހެނދުނު6:00 ގައި އެވެ. ރައީސް ސޯލިހު އަލުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ އެ ދުވަހުގެ ހެނދުނު 9:30 ގަ އެވެ.
މި މައްސަލައިގަ އިދިކޮޅުން އުފައްދަމުންދާ ސުވާލުގެ މައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށަހަޅާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް