ސައުދީ ޕްރޮލީގުން ހޮވި ފެބުރުއަރީ މަހުގެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ސައުދީ އަރަބިއާ ޕްރޮފެޝަނަލް ލީގުން ހޮވި ފެބުރުއަރީ މަހުގެ "ޕްލޭޔާ އޮފް ދަ މަންތު" ގެ އެވޯޑް އަލް ނަޞްރަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ. އެކަން އިއުލާން ކުރަމުން...

01 Mar 2023 | 04:21

ސައުދީ އަރަބިއާ ޕްރޮފެޝަނަލް ލީގުން ހޮވި ފެބުރުއަރީ މަހުގެ "ޕްލޭޔާ އޮފް ދަ މަންތު" ގެ އެވޯޑް އަލް ނަޞްރަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.

އެކަން އިއުލާން ކުރަމުން ސައުދީ ޕްރޮފެޝެނަލް ލީގުން ޓްވިޓަރ ގައި ކުރި ޕޯސްޓެއްގައި ބުނީ ފެބްރުއަރީ މަހުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވާ ކުޅުންތެރިޔަކީ ރޮނާލްޑޯ ކަމަށެވެ. މި މަގާމު މުޅިން އަލަށް ރޮނާލްޑޯ ހޯދި އިރު ރޮނާލްޑޯ ސައުދީ ލީގަށް ބަދަލުވީ ނިމިގެން ދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމުގައި ހުރި ރޮނާލްޑޯ ސައުދީ ލީގަށް ބަދަލުވެ މިހާތަނަށް ހަތަރު މެޗު ކުޅުނު އިރު އޭނާ ވަނީ އެ ހަތަރު މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ހަތަރު މެޗުގައި އަށް ގޯލުޖެހިއިރު، ގާތް ގާތުގައި ދެ ޖެޓްރިކްވެސް ވަނީ ހަދާފައެވެ.

އަލް ނަޞްރުގެ ކޯޗު ރޫޑީ ގާސިއާގެ ފުރިހަމަ އިތުބާރު ހޯދާފައިވާ ރޮނާލްޑޯގެ ތަރި ދުވަހަކަށް ވުރެން ދުވަހަކަށް އަލި ގަދަވަމުން އަންނަ އިރު، އެ ޓީމުގެ ކޯޗު ވަނީ ރޮނާލްޑޯގެ ކުޅުމަށް ތައުރީފްކޮށްފަ އެވެ. އަލް ނަޞްރުގެ ކެޕްޓަން ކަން ވެސް ކުރަމުން އަންނަ ރޮނާލްޑޯ އަކީ ޔޫރަޕް ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.

މީގެ ކުރިން ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ ރޮނާލްޑޯ ސައުދީ ކުލަބް އަލް ނަޞްރަށް ބަދަލުވީ 200 މިލިއަން ޑޮލަރުގެ ގެ ފީއަކަށެވެ. އެގޮތުން ރޮނާލްޑޯގެ މަހު މުސާރައަށް ވެސް 17.75 މިލިއަން ޑޮލަރު ލިބޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް