ޖޫސް ޓައިމަށް ގެއްލުންދިން މައްސަލަ: އަންހެނަކާއި ހަ ފިރިހެނަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހުންނަ ޖޫސް ޓައިމަށް ގެއްލުންދިން މައްސަލައާއި ގުޅިގެން ތަނެއް ބަލާ ފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހ...

01 Mar 2023 | 03:29

ހުޅުމާލޭގައި ހުންނަ ޖޫސް ޓައިމަށް ގެއްލުންދިން މައްސަލައާއި ގުޅިގެން ތަނެއް ބަލާ ފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހުޅުމާލޭ އެޕާޓްމެންޓެއް ބަލާ ފާސްކުރި އިރު މާރާމާރީ ހިންގުމަށް ބޭނުންކުރެވޭ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނުނު ކަމަށެވެ.

"ހަތް މީހަކު ވަނީ ހައްޔަރުކުރެވިފައި، އަންހެނަކުވެސް ހިމެނޭ، އެންމެންނަކީވެސް ދިވެހިން" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ހުޅުމާލޭގައި ހިންގަމުންދިޔަ ޓޭކްއަވޭ އައުޓްލެޓެއް ކަމުގައިވާ ޖޫސްޓައިމަށް ގެއްލުންދިނީ މި މަހުގެ 17 ވަނަ ދުވަހު އިރު އޮއްސުނު ހާއިރުގައެވެ.

އެ އައުޓްލެޓަށް ގެއްލުންދިނީ ހެލްމެޓު އަޅައިގެން މޫނުވެސް ނިވާކޮށްގެންތިބި ދެމީހަކު އެތަނަށް ގޮސް ދަތް މަރުތެޔޮ ބޭނުންކޮށްގެންނެވެ. ގެއްލުންދިން ދެމީހުން ދުއްވި ސައިކަލު ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން ފުލުހުން ކުރިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް