ކެމްޕޭނު ޓީމަށް ހިންގާލަން ޓީމުން އިލްތިމާސް ކުރަނީ ރިވެތި އަހުލާގާއެކު ކެތްތެރިކަން އިސްކުރުމަށް

ރިވެތި އަހުލާގާއެކު ކެތްތެރިކަން އިސްކުރުމަށް، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހިންގާލަން ޓީމުން އެ ޓީމުގެ މެންބަރުންނާއި އެ ޓީމަށް ތާއީދުކުރާ އެމްޑީޕީގެ އާންމު މެންބަރުންނަށް އިލްތިމާސް ކޮށްފިއެވެ...

01 Mar 2022 | 16:21

ރިވެތި އަހުލާގާއެކު ކެތްތެރިކަން އިސްކުރުމަށް، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހިންގާލަން ޓީމުން އެ ޓީމުގެ މެންބަރުންނާއި އެ ޓީމަށް ތާއީދުކުރާ އެމްޑީޕީގެ އާންމު މެންބަރުންނަށް އިލްތިމާސް ކޮށްފިއެވެެ.

އެ ޓީމުން މިހެން ބުނެފައިވަނީ ކެމްޕޭނުގެ ފޯރި ވަރަށް ގަދަވެފައިވާ މި ދަނޑިވަޅުގައި ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި އެ ޓީމުން ބުނެފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނަކީ ވާދަވެރި ސިޔާސީ ނިޒާމަށް ފަރިޔަ އަދި އެއްބަސްވުމަށްޓަކާ ދެބަސްވުމުގެ ތެރެއިން ޕާޓީއަށާ ގައުމަށް އެވަގުތަކަށް އެންމެ ލާބަހުރި ގޮތެއް ހޯދުމުގެ މޭސްތިިރިން ކަމަށެވެ.

"އަމާޒުވާ އަމާޒުވުންތައް ތަހަންމަލުކޮށް ކުރާ މުއާމަލާތުގައި ރިވެތި އަހްލާގާއެކު ކެތްތެރިކަން އިސްކުރަމުންާތީ އެމްޑީޕީ ހިންގާލަން ކުރަމުންމިދާ ކެމްޕޭންގެ އެންމެހާ ބައިވެރިންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން" ހިންގާލަން ޓީމުން ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ހިންގާލަން ކެމްޕޭނުގެ ޓީމަށް ހިންގާލުމަށް ލޯބިކުރާ ޕާޓީގެ އެންމެހާ އާންމު މެންބަރުންނަށް އެ ޓީމުން ބުނެފައިވަނީ ކުރިއަށް އޮތްތަނުގައިވެސް ދެބަސްވުމާ، ނުނިޔަތުން އެކަހެރިވެ، ޑިމޮކްރެޓިކް ދުޅަހެޔޮ ކެމްޕޭނަކުން ކާމިޔާބުހޯދުމުގައި ދެމިތިބުމަށް އިލްތިމާސްކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް