ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގަވަނިން ބޯޑު މިއަދު އެކުލަވާލައި އެ ބޯޑަށް މެންބަރުން އައްޔަންކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެކުލަވައިލައްވާފައިވަނީ މިއަދު ކަމަށެވެ.
އަދި މި ބޯޑަކީ އެ ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެއް ކަމަށެވެ.
މި ބޯޑުގައި ހިމެނިވަޑައިގަންނަވަނީ:
- ޑޮކްޓަރު ލަވްޝާ މުހައްމަދު، ކާއިނާތު، ގދ. ތިނަދޫ (އަންމުންގެ ތެރެއިން އައްޔަންކުރެވޭ މެމްބަރެއް)
- ޑޮކްޓަރު އަބްދުﷲ އުބައިދު، ދަފްތަރު. ނަންބަރު ރސ 6099 (ޑޮކްޓަރު އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ނުކުރާ ހެލްތު ނުވަތަ މެޑިކަލް ދާއިރާގެ ތަޖުރިބާކާރެއް)
3. (ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް)
- އަލްފާޟިލާ މަރްޔަމް ނާޒްނީން، ހ.ބަޑިދޫގެ (މިނިސްޓްރީ އޮފް ހެލްތް ތަމްސީލުކުރާ މެންބަރެއް)
- އަލްފާޟިލާ ޖީޒާ ޙަސަން، ނީލުގެ، ގދ.ތިނަދޫ (ސަރަޙައްދުގެ ޕަބްލިކް ހެލްތް ދާއިރާގެ މެންބަރެއް)
- އަލްފާޟިލް ސަޢުދު ޢަލީ، ޢަބުހަރީއާގެ، ގދ.ތިނަދޫ (އަތޮޅު ކައުންސިލްގެ މެންބަރެއް)
- (ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ)
މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައި ވަނީ ޑޮކްޓަރ ލަވްޝާ މުޙައްމަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް