ޔޫކްރޭންގެ ކާކިވަށް ރޮކެޓް ހަމަލާއެއް: 10 މަރު، 35 މީހަކު ޒަހަމް

ޔޫކްރޭންގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމުގައިވާ ާކާކިވް އަށް ވަރުގަދަ ރޮކެޓް ހަމަލާއެއް ދީފިއެވެ. މި ހަމަލާ ދިންތާ އަދި މާ ގިނައިރުތަކެއް ވެފައިނުވިނަމަވެސް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފަ...

01 Mar 2022 | 12:17

ޔޫކްރޭންގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމުގައިވާ ާކާކިވް އަށް ވަރުގަދަ ރޮކެޓް ހަމަލާއެއް ދީފިއެވެ.

މި ހަމަލާ ދިންތާ އަދި މާ ގިނައިރުތަކެއް ވެފައިނުވިނަމަވެސް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފައިވާގޮތުގައި އެ ހަމަލާގައި 10 މީހަކު މަރުވެފައިވާކަން އަދި 35 މީހަކު ޒަހަމްވެފައިވާކަން މިހާތަނަށް ކަށަވަރުވެފައިވެއެވެ.

މިއަދުގެ ހަމަލާގައި 10 މީހަކު މަރުވެފައިވާއިރު އިއްޔެ ކާކިވަށް ދިން ރޮކެޓް ހަމަލާެއްގައިވެސް 11 މީހަކު މަރުވެފައިވެއެވެ.

މި ހަމަލާގެ ޒިންމާ އަދި ރަޝިޔާއިން ނަގާފައެއް ނުވެއެވެ.

ކާކިވަށް ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ރޮކެޓް ދެ ހަމަލާއެއް ދީފައިވާއިރު އެ ސިޓީގައި ދިވެހި އަށް ދަރިވަރަކު އެބަތިއްބެވެ. އެންމެ ފަހުން ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުގައި އެ ދަރިވަރުން މިއަދު ވަނީ ކާކިވްގެ ހުޅަނގުބިތަށް ދިއުމަށް ދަތުރުފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް