ރާއްޖެއަށް އެތެރެކުރާ ތެޔޮ ޓެސްޓު ކުރާ ބައިނައިލްއަގުވާމީ ފެންވަރުގެ ލެބޯޓްރީއެއް އެސްޓީއޯއިން ހުޅުވައިފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ލެބޯޓްރީ ހުޅުވައިދެއްވީ އެ ކުންފުނީގެ ޗެއާމަން ހާމިދު ނަޝީދާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. އެ ކުންފުނިން މި ލެބޯޓްރީ ހިންގާނީ ޖީއޯ ކެމް މިޑްލް އީސްޓް ކުންފުންޏާ ހަވާލު ކޮށްގެންނެވެ.
އެސްޓީއޯއިން ބުނީ އެ ލެބޯޓްރީއާ އެކު ރާއްޖެ އަށް ތެޔޮ އެތެރެ ކުރާ ފަރާތްތަކަށާއި އެއާޕޯޓުތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އަދި މިހާރު ތެލުގެ ކޮލިޓީ ޗެކް ކުރަން ބޭރަށް ފޮނުވާއިރު މިއަދު ހުޅުވި ލެބާ އެކު އެ ހަރަދުތައް ކުޑަވާނެ ކަމަށް ބުނެ އެވެ.
އެ ލެބުން ހަދާ ޓެސްޓުތަކަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ގަބޫލު ކުރާ ސްޓެންޑަޑްގެ ޓެސްޓުތަކެކެވެ. އެ ލެބޯޓްރީގައި ޓެސްޓު ކުރަން ފެށުމާ އެކު ޖީސީސީ އެކްރިޑޭޝަން ސެންޓަރުގެ އައިއެސްއޯ އަދި އައިއީސީ 17025:2017 އެކްރިޑޭޝަން ލިބޭނެ އެވެ.
މިވަގުތު އެތަނުގައި މަސައްކަތް ކުރަނީ ޖީއޯ ކެމް ކުންފުނީގެ މުވައްޒަފުންނެވެ. އެސްޓީއޯއިން ބުނީ ކުރިޔަށް އޮތްތާ އެ ތަނުގައި މަސައްކަތް ކުރާނީ ދިވެހިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް