ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮށްފައިވާ އެމްއެމްޕީއާރުސީގެ ފައިސާއިން ރިޝްވަތު ހިފިކަމުގެ މައްސަލައިގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.
މަހުލޫފުގެ މައްޗަށް އުފުލާފައިވަނީ ރާއިސް ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ފައިސާއިން 33،000 ޑޮލަރު މަހުލޫފުގެ އެކައުންޓައް ޖަމާކޮށަފައިވާ ކަމުގެ ތުހުމަތުގެ ދައުވާ އެވެ.
މިއަދު އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައެވެ.
މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައިވަނީ، މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ސަބަބުން މައްސަލަ ސާބިތުކުރެވިދާނޭފަދަ ހެކިތަކަކަށް ނުވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް