ޔޫކްރެއިން މީހަކު ރުޅިއައިސްގެން ސްޕެއިން ބަނދަރުގައި އޮތް ރަޝިއާ މީގެއްހެ ޔޮޓު ފައްތާލަން އުޅެފި!

ސްޕެއިންގެ މެޖޯކާގެ ބަނދަރެއްގައި އޮތް ރަޝިއާގެ ސަރުކާރު ކުންފުންޏެއްގެ އިސްވެރިއެއްގެ ޔޮޓެއް ފައްތާލަން ޔޫކްރެއިން މީހަކު މަސައްކަތް ކޮށްފި އެވެ. އެމީހާ ފައްތާލަން މަސައްކަތް ކުރީ 157 ފޫޓުގެ ޔޮޓެކެވެ...

01 Mar 2022 | 09:44

ސްޕެއިންގެ މެޖޯކާގެ ބަނދަރެއްގައި އޮތް ރަޝިއާގެ ސަރުކާރު ކުންފުންޏެއްގެ އިސްވެރިއެއްގެ ޔޮޓެއް ފައްތާލަން ޔޫކްރެއިން މީހަކު މަސައްކަތް ކޮށްފި އެވެ.

އެމީހާ ފައްތާލަން މަސައްކަތް ކުރީ 157 ފޫޓުގެ ޔޮޓެކެވެ.

އޭނާ ބުނީ ކޯޓުގައި ޔޮޓު ފައްތާލަން އެމީހާ މަސައްކަތް ކުރީ މިދިޔަ ހޮނިހިރު ދުވަހު ޓީވީ ބަލާލި ވަގުތު ފެނުނު މަންޒަރުން ރުޅިގަދަވެގެން ކަމަށެވެ. އޭނާ ބުނީ ޓީވީން އެވަގުތު ދައްކަމުން ދިޔައީ ޔޫކްރެއިންގެ އެކި ސިޓީތަކުގެ ތެރެއަށް ރަޝިއާ ސިފައިން ބަރުހަތިޔާރާއި އެކު ވަންނަ މަންޒަރާއި ހެލިކޮޕްޓަރުގައި ވައިގެ މަގުން ހަމަލާދޭ މަންޒަރުތަކެވެ.

އެމީހާ އަކީ ޓެކްނިކަލް ދާއިރާގައި މަސައްކަތް ކުރާ މީހެކެވެ. ބަނދަރުކޮށްފައި އޮތް އެ ޔޮޓު ފައްތާލަން އޭނާ މަސައްކަތް ކުރީ އިންޖީނު ރޫމަށް ވަދެ ހޮޅިއެއްގެ މަތި ނަގައިގެންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޔޫކްރެއިންގެ އެމީހާ އަކީ އެ ޔޮޓުގައި މަސައްކަތް ކުރާ މީހެކެވެ.

އޭނާ ޔޮޓު ފައްތާލަން އުޅެނިކޮޑް ފެނުނީ އެ ސަރަހައްދުގައި އުޅުނު ސިވިލް ގާޑް އޮފިސަރަކަށެވެ.

މި މައްސަލައިގަ ކޯޓުގައި ބޭއްވި އަޑު އެހުމުގައި ޔޫކްރެއިން މީހާ ބުނީ ކުރެވުނު ކަންތަކާއި މެދު ދެރަވެ ހިތާމަ ނުކުރާ ކަމަށެވެ. އަދި އޭނާ މިނިވަން ވާއިރަށް ރަޝިއާ މީހަކަށް އެފަދަ ލަނޑެއް ދެވޭތޯ އަދިވެސް ބަލާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް