ހައުސިން މިނިސްޓްރީއަށް ޕީއާރު އޮފިޝަރަކު ހޯދަނީ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ޕަބްލިކް ރިލޭޝަންސް އޮފިސަރަކު ހޯދަން އިއުލާނު ކޮށްފިއެވެ. ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މިންސްޓްރިއަށ...

01 Mar 2022 | 08:43

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ޕަބްލިކް ރިލޭޝަންސް އޮފިސަރަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މިންސްޓްރިއަށް ދާއިމީ ވަޒީފާއަށް ޕަބްލިކް ރިލޭޝަންސް އޮފިސަރަކު ބެނުންވާ ކަމަށެވެ.

އެގޮތުން އެ މަގާމަށް ކުރިމަތިލުމުގު ސުންގަޑި މި މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރު 00؛12 ޖެހުމާއި ހަމަށް ހަމަވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް