ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އާއި ހަވާލުކޮށްފި

ގދ. ކާދެއްދޫ އެއާޕޯޓް ހިންގުން ވިލާ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ 2013 ވަނަ އަހަރުވެސް ކާޑެއްދޫ އެއާޕޯޓް ވަނީ 50 އަހަރުގެ މުއްދަތަށް ވިލާ އާ ހަވާލުކުރެވިފައެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވ...

01 Mar 2022 | 08:31

ގދ. ކާދެއްދޫ އެއާޕޯޓް ހިންގުން ވިލާ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ

2013 ވަނަ އަހަރުވެސް ކާޑެއްދޫ އެއާޕޯޓް ވަނީ 50 އަހަރުގެ މުއްދަތަށް ވިލާ އާ ހަވާލުކުރެވިފައެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެތަން ވަނީ ވިލާގެ އަތުން އަތުލާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އެއްބަސްވުމުގައި ވިލާ ގުރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ގާސިމް އިބްރާހިމެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މީގެ ކުރިން ވަނީ ކާޑެއްދޫ އެއާޕޯޓާ އެ ކުންފުނިން ހަވާލުވާނީ އިތުރު ރަށެއް ދިނުމުން ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެއާޕޯޓް ވިލާއާ ހަވާލުކުރިކަން ފިޔަވައި، އިތުރު އެއްވެސް ތަފުސީލެއް ޓްރާންސްޕޯޓް މިނިސްޓްރީއަކުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް