ޓްރީޓޮޕްގެ ހަތަރު ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ 4 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސިއްޙީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް މުޅިން އާ ޙާއްސަ ޑިސްކައުންޓެއް ތަޢާރަފް ކުރުމަށް ނިންމައިފިއެވެ. އެގޮތުން އެ ހޮސްޕިޓަ...

01 Mar 2022 | 07:41

ޓްރީ ޓޮޕް ހޮސްޕިޓަލުގެ 4 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސިއްޙީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް މުޅިން އާ ޙާއްސަ ޑިސްކައުންޓެއް ތަޢާރަފް ކުރުމަށް ނިންމައިފިއެވެ.

އެގޮތުން އެ ހޮސްޕިޓަލުން ވަނީ ސިއްޙީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް 10% ގެ ޙާއްސަ ޑިސްކައުންޓް ރޭޓެއް ދިނުމަށް ނިންމާފައެވެ.

ޑިސްކައުންޓް ރޭޓްތައް ދިނުމުގައި ފިރިހެން ބޭފުޅުންނަށް ޚާއްޞަ ޕެކޭޖަކާއި 18 ނުވަތަ 18–34 އަހަރުގެ އަންހެން ބޭފުޅުންނަށް ޙާއްސަ ޕެކޭޖަކާއި،  35 އަހަރުން މަތީ އަންހެން ބޭފުޅުންނަށް ޙާއްސަ ޕެކޭޖަކާއި، ދުޅަހެޔޮ ސިއްހަތަކަށް ޙާއްސަ ޕެކޭޖެއްގެ އިތުރުން ހިތުގެ ބަލިތަކަށް ޙާއްސަ ޕެކޭޖެއް ދިނުމަށް ވަނީ ނިންމާފައެވެ. އެ ޕްކޭޖްކަތުން ޑިސްކައުންޓް ރޭޓަށް ޚިދުމަތް ފޯރުކޮށްދޭން ފަށާނީ މިއަދުން ފެށިގެން މި މަސްނިމޭދެކަށެވެ.

މީގެ އިތުރުންވެސް، އާ ހުނަރުވެރި ޒުވާން މަސައްކަތްތެރިން އުފެއްދުމުގެ ގޮތުން އެހޮސްޕިޓަލުން ވަނީ "ޓްރީ ޓޮޕް ހޮސްޕިޓަލް އޯޕަން ޑޭ 2022" ގެ ނަމުގައި ކަރިއައ ގައިޑެންސް އަދި ވަޒީފާ ހޯދުމަތް ހާއްސަ ދުވަހެއް ބޭއްވުމަށް ނިންމާފައެވެ. މި ޕްރޮގްރާމް އަމާޒުކުރަނީ ސާނަވީ ތައުލީމް ނިންމާފައިވާ ޒުވާނުން މަސައްކަތުގެ ބާޒާރަށް ނިކުތުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. އަދި މިގޮތުން، ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށްޓައި އެ ހޮސްޕިޓަލުން ވަނީ "ޓްރީ ޓޮޕް ހޮސްޕިޓަލް ނާސިންގ ސްކޮލާޝިޕް" އުފައްދައިފައެވެ. މި ސްކޮލާޝިޕްގެ ދަށުން 7 ދިވެހި ޒުވާން ނަރުހުން މިހާރުވެސް މުޅިން ހިލޭ ކަޔަވަމުން ދެއެވެ.

ނިމިގެން ދިޔަ އަހަރު ތެރޭގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ފެމިލީ މެޑިސިން ކްލިނިކް، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހެލްތް ސެންޓަރ، ކެންސަރ ބަލިޖެހިފައިވާ މީހުންނަށް ޕެއިން އެންޑް ރިހެބިލިޓޭޓިވް ހިދުމަތްތައް އަދި ކުޑަކުދިންގެ ނިއުޓްރިޝަން ކްލިނިކްގެ ހިދުމުތްތައް ދޭން ފަށާފައެވެ.

2018 ވަނަ އަހަރު ހިދުމަތް ފޯރުކޮށްދޭންފެށި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތް ތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީކަން އެ ހޮސްޕުޓަލުން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް