މިއަދުން ފެށިގެން މަސް ގާންނާނެ އަގު މިފްކޯއިން އިއުލާނުކޮށްފި

މިފްކޯ އިން މަސް ގަންނަ އަގު މިއަދުން ފެށިގެން ކިލޯއެއް 17ރ. އަށް ބޮޑުކޮށްފިއެވެ. މިފްކޯގެ މައި ކުންފުނި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްވެރިންގެ އަތު...

01 Mar 2022 | 05:42

މިފްކޯ އިން މަސް ގަންނަ އަގު މިއަދުން ފެށިގެން ކިލޯއެއް 17ރ. އަށް ބޮޑުކޮށްފިއެވެ.

މިފްކޯގެ މައި ކުންފުނި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދުން ފެށިގެން 17 ރުފިޔާ އަސް ބޮޑު ކޮށްފައިވާ ކަމަށެވެ.

އަދި މިހާރު މިފްކޯގެ ހިންގުން ހަރުދަނާ ކުރެވި ހަރަދުތައް ވެސް ކުޑަކުރެވިފައިވާ ކަަމަށާއި، ބޭރުގެ މާކެޓްތައް ހޯދަން ދަޅު މަސް ބޭރުކުރެވޭ އަދަދު ވެސް އިތުރު ކުރެވިފައިވާ ކަމަށް އަމްރުގެ ޓްވީޓްގައި ވިދާޅުވިއެވެ.

މަސް ގަންނަ އަގު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑު ކުރާނެ ކަމަށް މި އަަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މިފްކޯއިން މަސް ގަންނަ އަގު ބޮޑު ކޮށްފައި ވާއިރު، ދުނިޔޭގެ ބާޒާރުގައި މަސް ޓަނެއްގެ އަގު މިހާރު ހުރީ 1،700ރ. ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް