ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އިންޓަރނޭޝަނަލް ޓްރާންސްފަރ(ޓީޓީ) ފޮނުވުމަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލުން ބުނީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޓީޓީ ފޮނުވުމަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.
އެގޮތުން މި ބަދަލު ތަކުގެ ސަބަބުން ޓީޓީގެގެ ހިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ޑޮކިއުމަންޓް އެޓޭޗްކުރެވި، ޓީޓީ ހެދުމަށް ބޭނުންވާ ޔޫއެސް ޑޮލަރު ގަތުމަށް އެދި ހުށަހޭޅެނެ ކަމަށެވެ. އަދި ޓީޓީގެ ޗާޖު ކަނޑަންވީ އެކައުންޓް ހިޔާރު ކުރެވި ޓީޓީ ޕްރޮސެސްވުމުން އައު ފޯމެޓެއްގައި ކޮންފަމޭޝަން ރިސީޕްޓެއް ލިބިގެން ދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
މީގެ ކުރިން އިންޓަރނޭޝަނަލް ޓްރާންސްފަރ ހިދުމަތް ބީއެމްއެލުން ބަލައިގަންނަމުން ދަނީ އީމެއިލް މެދުވެރިކޮށެވެ. ނަމަވެސް މި ގެނުވު ބަދަލާގުޅިގެން އަންނަ އޭޕްރިލް މަހުން ފެށިގެން އީމެއިލް މެދުވެރިކޮށް އިންޓަރނޭޝަނަލް ޓްރާންސްފަރ ހިދުމަތް ބަލައިނުގަންނަ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބޭންކުން ބާރުއަޅަނީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުން އިންޓަރނޭޝަލް ޓްރާންސްފަރގެ ހިދުމަތް ހޯދުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް