ފަގީރު ހާލުގައި އުޅޭ ފަރާތްތަކުގެ ފުއްދުންތެރިކަން އިތުރުކުރުމަށްޓަކައި، "ޒަކާތް ނަފާ''ގެ ނަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވިލޮޕްމެންޓުން ހިންގާ މި ޕްރޮގުރާމަކީ ޒަކާތު ފަންޑުން އެހީތެރިވުމަށް ތައާރަފްކޮށް، ހިލޭ އެހީގެ ދަށުން ޒަކާތުގެ ފައިދާ އޭގެ އެންމެ ހައްގު ފަރާތްތަކަށް ފޮރުކޮށްދީ އެ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގު ފަހި ކޮށްދިނުމުގެ އިތުރުން ފުއްދުންތެރި މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި ހިންގޭ ޕްރޮގުރާމެކެވެ.
މި ޕްރޮގުރާމުގެ ދަށުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަމިއްލައަށް މަސައްކަތްކޮށްގެން ފުއްދުންތެރި ދިރިއުޅުމެއް ފަށައިގަތުމައް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، އިގްތިސާދު ކުރި އެރުވުމަށް ފަރުދުންގެ ބައިވެރިވުން އިތުރުކޮށްދެއެވެ.
އަދި ޒަކާތު ފަންޑުގެ އެހީތެރިކަމުގައި މި ފުރުސަތު ފޯރުކޮށްދެވޭ ފަގިރުން އެމީހުންގެ ދިރިއުޅުން ތަނަވަސްވެ ކުރިމަގުގައި މުދަލު ޒަކާތް ދެއްކުމާހަމަށް މި ޕްރޮގްރާމުގެ ދަށުން ވާސިލް ވެއެވެ.
ފަސް އަހަރުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމް އަމާޒް ކުރެވިފައި ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލެވިފައިވާ ފަގިރުން ގެ ދަފްތަރުގައި ހިމެނޭ މީހުނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް