ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޮޕަރޭޝަނަށްފަހު މިއަދު ހެނދުނު ހޮސްޕިޓަލުން ދޫކޮށްލަައްވާފައިވާ ކަމަށެވެ. އަދި ހާލު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
https://twitter.com/ibusolih/status/1498513388028465152
މީގެ އިތުރުން ރައީސްގެ ޓްވީޓްގައި އެމަނިކުފާނަށް ހެޔޮދުއާ ކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.
ތައިރޮޑް ފަރުވާ އަށް އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ މަހު 23 ދުވަހު އެވެ. އަދި އޮޕަރޭޝަން ކުރެއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް