ފީފާ އާއި ޔޫއެފާއިން ރަޝިއާގެ ފުޓުބޯޅަ ޓިމުތައް ސަސްޕެންޑު ކޮށްފި

ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށުމާއި ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ ފުޓުބޯޅަ ޓިމުތައް ފީފާ އާއި ޔޫއެފާއިން ސަސްޕެންޑުކޮށްފި އެވެ. ފީފާ އާއި ޔޫއެފާއިން ބުނީ ރަޝިއާގެ ޓީމުތ...

01 Mar 2022 | 04:36

ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށުމާއި ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ ފުޓުބޯޅަ ޓިމުތައް ފީފާ އާއި ޔޫއެފާއިން ސަސްޕެންޑުކޮށްފި އެވެ.

ފީފާ އާއި ޔޫއެފާއިން ބުނީ ރަޝިއާގެ ޓީމުތަކަށް އެޅި މިފިޔަވަޅާއި އެކު އަންނަ މަހު އޮންނަ ވޯލްޑް ކަޕް ޕްލޭ އޮފް މެޗުގައި ރަޝިއާގެ ގައުމީ ފިރިހެން ފުޓުބޯޅަ ޓީމު ނުކުޅޭނެ ކަމަށެވެ. އަދި ސަމާސް ޔޫރޯ 2022 ގައި އަންހެން ގައުމީ ޓީމުގެ ކުޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

އަދި އެ ޖަމާއަތުން ވަނީ ރަޝިއާގެ ކުންފުނީގެ ސްޕޮންސާ އެގްރިމެންޓުވެސް ސަސްޕެންޑުކޮށްފަ އެވެ.

ފީފާ އާއި ޔޫއެފާއިން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުޓުބޯޅައަކީ ހުރިހާ ގޮތަކުން ގުޅިގެން ކުޅޭ ކުޅިވަރެއް ކަމަށެވެ. އަދި މިހާރު ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ފުޓުބޯޅަ އާއިލާ ތިބީ ޔޫކްރެއިން އާއި އެކު ކަމަށް ބުނެފައިވެ އެވެ.

ހަނގުރާމަ އާއި ގުޅިގެން ގައުމުތަކުންނާއި ބޮޑެތި ޖަމާއަތްތަކުން ދަނީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކަށް ރަޝިއާގެ އެއާލައިންތައް ދަތުރު ކުރުން މަނާކޮށްފައިވާއިރު މަޝްހޫރު ފުޓްބޯޅަ ކްލަބްތަކުން ދަނީ ރަޝިއާގެ ސްޕޮންސަރުން ދޫކޮށްލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް