އީމާން ނިޔާވެއްޖެ

ހުކުރު ދުވަހު ހަވީރު ސައިކަލު ކަހާލައިގެން ވެއްޓި އަނިޔާތަކެއް ލިބުނު އައިމިނަތު އީމާން ނިޔާވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލު ވިދާޅުވީ އީމާން ނި...

01 Mar 2022 | 04:35

ހުކުރު ދުވަހު ހަވީރު ސައިކަލު ކަހާލައިގެން ވެއްޓި އަނިޔާތަކެއް ލިބުނު އައިމިނަތު އީމާން ނިޔާވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލު ވިދާޅުވީ އީމާން ނިޔާވެފައިވަނީ މިއަދު ހެނދުނު 07:45ހާ އިރު ކަމަށެވެ.

ހުޅުމާލޭ ނިރޮޅުމަގުގެ ބަންޕަރެއް މައްޗަށް އަރާ ކަހާލައިގެން އީމާން ވެއްޓިފައިވަނީ ހުކުރު ދުވަހުގެ ހަވީރު އެވެ. ވިލިމާލޭ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރެއްކަމަށްވާ އީމާނަށް އެކްސިޑެންޓުގައި ސީރިއަސް އަނިޔާތެކެއް ލިބި ވެންޓިލޭޓަރުގައި ވަނީ ފަރުވާދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް