މުދާތައް އަތުލަފާނެކަމުގެ ބިރަށް ރަޝިޔާގެ މަހުޖަނުން ބިޔަ ޔޮޓުތައް ރާއްޖެއާ ދިމާއަށް !

ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ، އެސެޓްތައް ފްރީޒްކޮށްފާނެ ކަމުގެ ބިރަށް ރަޝިޔާގެ މަހުޖަނުންގެ ބިޔަ ޔޮޓްތައް ރާއްޖެއާ ދިމާއަށް މިސްރާބު ޖަހާފައިވާކަމަށް ސީއެންބީސީން ބުނެފިއެވެ. އެގޮތުން އެ ނޫހުން މިއަ...

01 Mar 2022 | 04:23

ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ، އެސެޓްތައް ފްރީޒްކޮށްފާނެ ކަމުގެ ބިރަށް ރަޝިޔާގެ މަހުޖަނުންގެ ބިޔަ ޔޮޓްތައް ރާއްޖެއާ ދިމާއަށް މިސްރާބު ޖަހާފައިވާކަމަށް ސީއެންބީސީން ބުނެފިއެވެ.

އެގޮތުން އެ ނޫހުން މިއަދު ބުނެފައިވަނީ މެރިން ޓްރެފިކް ޑާޓާތައް އެ ނޫހުން ރިވިއުކުރި އިރު މިކަމެއް ފާހަގަވެފައިވާކަމަށެވެ. މިހާތަނަށް ބިޔަ ތިން ޔޮޓެއް ރާއްޖެއާ ދިމާއަށް އަދި ބިޔަ ދެ ޔޮޓެއް މޮންޓެނެގްރޯއާ ދިމާއަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.

ރިޕޯޓްކޮށްފައިވާގޮތުގައި އެ ބިޔަ ޔޮޓްތަކުގެ މިސްރާބު ރާއްޖެއާއި ދިމާއަށް އެ ހުރީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. އެގޮތުން ނޯމެޑް ކެޕިޓަލިސްޓާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި ރާއްޖޭގެ ސަރަހައްދަށް އެ ޔޮޓްތައް ވަދެއްޖެ ނަމަ އެމެރިކާއިން އަޅާ ފިޔަވަޅަކަށް ބިނާކޮށް އެ ޔޮޓްތައް އަތެއް ނުލެވޭނެއެވެ. އެއީ ރާއްޖެއާއެކު އެމެރިކާގެ "އެކްސްޓްރާޑިޝަން ޓްރީޓީ" އެއް (އެފަދަ އެއްބަސްވުމެއް) ނެތުމުން ކަމަށް ބުނެފައިވެއެވެ.

މި ފަދަ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ ޔޫރަޕިއަން ޔޫނިއަންގެ "ސޭންކްޝަންސް" ތަކުގެ ދަށުން ކަމުން އެމެރިކާ، ފްރާންސުން މިހާރުވެސްވަނީ މިފަދަ އިންޒާރެއް ދީފައެވެ. އެގޮތުން އަޅާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރަޝިޔާގެ "އޮލިގާކްސް" (ސިޔާސީ ނުފޫޒުގަދަ މަހުޖަނުން) ގެ ގެދޮރާއި ޔޮޓްފަދަ ބޮޑެތި އެސެޓްތައް އަތުލަފާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.

އެގޮތުން އިއްޔެ ވައިޓްހައުސްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހަމަލާތައް ހުއްޓައިނުލާނަމަ މި ފެށޭ ހަފްތާގައި ހާއްސަ ޓާސްކްފޯހަކުން އެ މަސައްކަތް ފަށާނެއެވެ. ރަޝިޔާގެ އޮލިގާކުންގެ އެސެޓްތައް ހޯދައި ފްރީޒް ކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް