އިއުލާނު ބާތިލުކޮށް އަލުން އިއުލާނުކުރި އިރު ޒަރިޔަންދު ކުރިމައްޗެއް ނުލައްވާ !

އޭސީސީ މެންބަރުކަމަށް ކުރިން ކުރި އިއުލާނު ބާތިލުކޮށް އަލުން އިއުލާނުކުރި އިރު މެންބަރު ކަމަށް އިސްމާއިލް ޒަރިޔަންދު ކުރިމަތި ނުލައްވާކަން ހާމަވެއްޖެ އެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ރައީސް އޮފ...

01 Mar 2022 | 03:34

އޭސީސީ މެންބަރުކަމަށް ކުރިން ކުރި އިއުލާނު ބާތިލުކޮށް އަލުން އިއުލާނުކުރި އިރު މެންބަރު ކަމަށް އިސްމާއިލް ޒަރިޔަންދު ކުރިމަތި ނުލައްވާކަން ހާމަވެއްޖެ އެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ މުއްދަތު އިތުރު ކުރުމަށް ހުޅުވައިލި ފުރުޞަތުގައި، ކުރީން ހުޅުވައިލި ފުރުޞަތުތަކުގައި ނަން ހުށަހަޅުއްވާ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއް ފިޔަވައި އެހެން ހުރިހާ ބޭފުޅުން ފޯމު ހުށަހެޅުއްވި ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ދެބޭފުޅުންގެ ތެރޭގައި ޒަރިޔަންދު ހިމެނެއެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)ގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2022 ޖަނަވަރީ 5 ގައި ހުޅުވައިލި ފުރުޞަތުގެ މުއްދަތު، 2022 ޖަނަވަރީ 31 ވީ ހޯމަ ދުވަހުގެ މެންދުރު 12:30 ގެ ނިޔަލަށް އިތުރު ކުރައްވާފައި ވަނީ، އެކަށީގެންވާ އަދަދަކަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވުމުގެ ސަބަބުން، ވީހާވެސް ގިނަ އަދަދެއްގެ ބޭފުޅުންނަށް އެ މަޤާމަށް ކުރިމަތިލުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން" މަބްރޫކް ވިދާޅުވެފައިވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލާފައި ވަނިކޮށް އޭނާގެ ނަން ނުހިމަނައި ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށްބުނެ ގާނޫނީ ހައްގެއް ގެއްލުވާލުން ކަމަށް ވިދާޅުވެ އެކަން އިސްލާހުކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، އަދި އެ މައްސަލަ ބަލައިދޭން ރައްޔިތުންގެ މަޖިލީހަށް އިސްމާއިލް ޒަރިޔަންދު ވަނީ ހުށަހަޅުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް