ޔޫކްރެއިން އާއި ރަޝިއާއިން އުންމީދެއް ނެތް މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިންމާލައިފި

ހަނގުރާމަ ފަށާފައިވާ ޔޫކްރެއިން އާއި ރަޝިއާގެ އިސްވެރިންގެ މެދުގައި ފުރަތަމަ މަޝްވަރާތައް ބާއްވައިފި އެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ބެލާރުސްގެ ބޯޑަރުގައި އެވެ. މިއީ މިދިޔަ ބުރާސްފަތި ދުވަހު ރަޝި...

28 Feb 2022 | 19:48

ހަނގުރާމަ ފަށާފައިވާ ޔޫކްރެއިން އާއި ރަޝިއާގެ އިސްވެރިންގެ މެދުގައި ފުރަތަމަ މަޝްވަރާތައް ބާއްވައިފި އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ބެލާރުސްގެ ބޯޑަރުގައި އެވެ. މިއީ މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ކުރަން ފެށި ފަހުން ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވެވޭތޯ ކުރެވުނު ފުރަތަމަ މަޝްވަރާ އެވެ.

މަޝްވަރާތަކަށް ފަހު އޮފިޝަލުން ވިދާޅުވީ މި މަޝްވަރާތަކުން މަޝްރަހު ފިނިވެ، ކުރިއެރުމެއް ލިބޭނެ ކަމުގެ އުންމީދު ކުޑަ ކަމަށެވެ. އެއީ ދެ ފަރާތުގެ އެދުމާއި މެދު ހިޔާލު ތަފާތުވުމުން ކަމަށް ބުނެފައިވެ އެވެ.

މަޝްވަރާގައި ޔޫކްރެއިންއިން ފެށުނީންސުރެ ނިމެންދެން ޑިމާންޑު ކުރީ ރަޝިއާ ސިފައިން އެ ގައުމުން ފޭބުމަށެވެ. ރަޝިއާއިން މި ބައްދަލުވުމުގައި އެކަމަށް އެއްބަސްވެފައި ނުވާއިރު އެމީހުން ބޭނުންވާ ގޮތެއް ނުބުނެ އެވެ.

މަޝްވަރާގައި ރަޝިއާއިން ބުނީ އެމީހުން ބޭނުންވާގޮތް ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށެވެ. އަދި އެ ގޮތަކީ ދެ ގައުމަށްވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް ބުނެފައިވެ އެވެ.

މި ބައްދަލުވުމުގައި ޔުކްރޭނުގެ ވަފުދުގައި އިސްކޮށް ތިއްބެވީ ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރުގެ ނައިބެވެ. ރަޝިޔާގެ ފަރާތުން އެ ގައުމުގެ ޑިފެންސް މިނިސްޓަރުގެ ނައިބާއި ރައީސް ލަޑިމިއާ ޕުޓިންގެ އެޑްވައިޒަރުގެ އިތުރުން ބެލަރުސް އަށް ކަނޑައަޅާފައި ހުންނަ ރަޝިޔާގެ ސަފީރު ބައިވެރިވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް