ކުރިއަށް މިއޮތީ ރޯދަމަސް، އުފެއްދުންތަކުގެ އަގު ބޮޑު ނުވާނެކަމުގެ ޔަގީންކަން އަރުވަން: މިފްކޯ

މިފްކޯގެ އުފެއްދުންތަކުގެ އަގު ބޮޑުވާނެކަމަށް ކުރިން ހަބަރު ފެތުރުނު ނަމަވެެސް ކުރިއަށް މިއޮތީ ރޯދަމަސް ކަމުން މިފްކޯގެ އުފެއްދުންތަކުގެ އަގު ބޮޑު ނުކުރުމަށް އެ ުންފުނިން ނިންމައިފިއެވެ. އެކަން ހާމަކޮ...

28 Feb 2022 | 19:29

މިފްކޯގެ އުފެއްދުންތަކުގެ އަގު ބޮޑުވާނެކަމަށް ކުރިން ހަބަރު ފެތުރުނު ނަމަވެެސް ކުރިއަށް މިއޮތީ ރޯދަމަސް ކަމުން މިފްކޯގެ އުފެއްދުންތަކުގެ އަގު ބޮޑު ނުކުރުމަށް އެ ުންފުނިން ނިންމައިފިއެވެ.

އެކަން ހާމަކޮށް އެ ކުންފުނިން ނެރެފައިވާ ނޫސްބާޔަނެއްގައި ބުނެފައިވަނީ މަސްވެރިން އަތުން  މަސް ގަންނަ އަގު، މާދަމައިންފެށިގެން (މިއަދުން) ބޮޑުކުރާގޮތަށް ނިންމި ކަމުގައިވިޔަސް ރޯދަމަހުގެ ޕްރޮމޯޝަނާއެކު މިފްކޯގެ އުފެއްދުންތަކުގެ އަގު އެއްވަރެއްގައި ހިފަހައްޓައިގެން ކަސްޓަމަރުންނަށް ހިދުމަތްދެމުން ގެންދާނެކަމުގެ ޔަގީންކަން ކުންފުނީގެ ކަސްޓަމަރުންނަށް އަރުވާކަމަށެވެ.

އިތުރަށް އެ ކުންފުނިން ބުނެފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި ރޯދަމަހުވެސް މިފްކޯގެ އުފެއްދުންތައް ހުސްނުވެ މިފްކޯގެ ފިހާރަތަކުން ލިބެން ހުންނާނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް