ވޯކް ވިސާގައި ރާއްޖެއަށް އަންނަ ބިދޭސީންނާއި ވޯކް ވިސާގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވެ އަދި ފުރޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް ވިދާޅުވީ ވޯކް ވިސާ އޮންނަ ބިދޭސީންނަށް މިއަދުން ފެށިގެން އެ އެއާޕޯޓުން ރާއްޖެ އައިސް ގޮސް އުޅެވޭނެ ކަމަށެވެ. އެކަމަކު އަލަށް ވޯކް ވިސާއަށް އެދިގެން ރާއްޖެ އަންނަ މީހުން ރާއްޖެއަށް އެތެރެވެވޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަނުން ބުނީ މި ގެނެވުނު ބަދަލު އެއާލައިންތަކަށް އަންގާފައިވާނެ ކަމަށެވެ.
ބައިނަލް އަގުވާމި ޝެޑިއުލް ދަތުރުތައް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު އެކެއްގައި އެވެ. އޭގެ ކުރިން ޓޫރިސްޓުން ގެނައުމަށް ބައެއް ގައުމުތަކުން ޗާޓާޑް ފްލައިޓުތައް ބާއްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް