ދުނިޔޭގެ އެންމެ ވަރުގަދަ މުއާސަލާތީ ހިދުމަތްދޭ 50 ކުންފުނީގެ ތެރޭގައި އުރީދޫ ހިމެނިއްޖެ

މުއާސަލަތީ ހިދުމަތްދޭ ދުނިޔޭގެ އެންމެ ވަރުގަދަ 50 ބްރޭންޑުގެ ތެރޭގައި ގަތަރުގެ އުރީދޫ ގްރޫޕު ހިމެނިއްޖެ އެވެ. ޓެލެކޮމްސް 500، 2017 ރިޕޯޓު ތައްޔާރުކުރި ފަރާތުން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ...

28 Feb 2017 | 20:05

މުއާސަލަތީ ހިދުމަތްދޭ ދުނިޔޭގެ އެންމެ ވަރުގަދަ 50 ބްރޭންޑުގެ ތެރޭގައި ގަތަރުގެ އުރީދޫ ގްރޫޕު ހިމެނިއްޖެ އެވެ.

ޓެލެކޮމްސް 500، 2017 ރިޕޯޓު ތައްޔާރުކުރި ފަރާތުން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް އުރީދޫއަށް ލިބިފައިވަނީ 47 ވަނަ އެވެ.  މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް މިފަދަ މަގާމެއް ލިބުނު ފުރަތަމަ ފަހަރު ކަމަށް އުރީދޫން ބުނެ އެވެ.

މި ރިޕޯޓުގައި ބްރޭންޑުތަކަށް ވަނަ ދިނުމުގައި ބަލާފައިވަނީ ބްރޭންޑުތަކުގެ ބާރާއި، މާކެޓިންގް އިންވެސްޓްމެންޓާއި، މުވައްޒަފުންގެ ހިތްހަމަޖެހުމާއި، ކުންފުނީގެ އިހްލާސްތެރިކަމުގެ އިތުރުން ކުންފުނީގެ ކޯޕަރޭޓު ރެޕިއުޓޭޝަން އަދި ބްރޭންޑުގެ ވިޔަފާރީގެ އާމްދަނީ ފަދަ ކަންކަމަށެވެ.

ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ އުރީދޫއަށް ޝަރަފްވެރި މަގާމެއް ލިބުނު އިރު އެ ކުންފުނިން އަންނަނީ ސްޕޭންގެ ބާސެލޯނާގައި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި ބައިވެރިވެ ފަހުގެ ޓެކްނޮލޮޖީ ދައްކާލަމުންނެވެ.

އުރީދޫ ގްރޫޕުން ބުނީ ބާސެލޯނާގައި ކުރިޔަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި އެ ކުންފުނިން އަލަށް ތައާރަފު ކުރާ ސިއްހަތާއި، ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭނެ ގޮތުގެ އިތުރުން 5ޖީ އާއި ކުޅިވަރަށް ހާއްސަ ޓެކްނޮލޮޖީ އަދި އުރީދޫ ސްމާޓް ސިޓީ ދައްކާލާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް