މިޔަންމާލީގުގައި ބަކާގެ ފުރަތަމަ ގޯލް ޔަންގޮން ކޮޅަށް!

މިޔަންމާލީގުގައި މިއަދު ކޭބީޒެޑް އަދި ޔަންގޮން ވާދަކުރި މެޗުގައި ދިވެހި ގައުމީޓީމުގެ މިޑްފީލްޑަރ މުހައްމަދު އާރިފް ބަކާ މިޔަންމާ ލީގުގައި ޖެހި ފުރަތަމަ ގޯލް ކާމިޔާބުކޮށްފިއެވެ. ބަކާގެ ގޯލާއެކުވެސް ކޭބ...

01 Mar 2015 | 12:08

މިޔަންމާލީގުގައި މިއަދު ކޭބީޒެޑް އަދި ޔަންގޮން ވާދަކުރި މެޗުގައި ދިވެހި ގައުމީޓީމުގެ މިޑްފީލްޑަރ މުހައްމަދު އާރިފް ބަކާ މިޔަންމާ ލީގުގައި ޖެހި ފުރަތަމަ ގޯލް ކާމިޔާބުކޮށްފިއެވެ.

ބަކާގެ ގޯލާއެކުވެސް ކޭބީޒެޑް މިއަދު ކުޅުނު މެޗުންވަނީ ބަލިވެފައެވެ. މިއަދުގެ މެޗު 3-1 ގެ ނަތީޖާއަކުން ނިމުނުއިރު، ކޭބީޒެޑާއި އިދިކޮޅަށް ކުޅުނު ޔަންގޮން އޮތީ މިހާތަނަށް ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މިޔަންމާލީގުގެ ތާވަލުގެ އެއް ވަނައިގައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިއަދު ބަލިވިނަމަވެސް މިއީ ކޭބީޒެޑް މިހާތަނަށް ލީގުގައި ބަލިވި ފުރަތަމަ ފަހަރެވެ.

މެޗުގައި ދެޓީމުންވެސް ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ޔަންގޮންއިންވަނީ މެޗުގެ ގިނަ ހަމަލާތަކެއް ކާމިޔާބުކަމާއެކު އުފައްދާފައެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި ކިޔާ ލިންގެ ގޯލާއެކު ޔަންގޮންއިންވަނީ ލީޑު ނަގާފައެވެ. މެޗުގެ 47 މިނެޓުގައި ކޭބީޒެޑަށް ބަކާގެ ގޯލުން ކޭބީޒެޑް އެއްވަރުކުރިނަމަވެސް ފުލުފުލުގައި ޖެހި ދެގޯލާއެކު ޔަންގޮންއިންވަނީ މެޗުގައި ދެވަނަ ފަހަރަށް ލީޑުނަގާ ލީޑު ފުޅާކޮށްފައެވެ. މިޔަންމާގެ ފުޓުބޯޅަ ރަސްގެފާނުންކަމަށްވާ ޔަންގޮންއާއި ދެކޮޅަށް ކޭބީޒެޑް ކުޅުނު މެޗުގައި  ދިވެހި ގައުމީ މިޑްފީލްޑަރ ބަކާވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މިހާތަނަށް ބަކާ ކޭބީޒެޑަށް ކުޅުނު ހުރިހާ މެޗަކުން މޮޅު ކުޅުމެއް ދައްކާފައިވާއިރު، ކޭބީޒެޑް މިމަހުގެ 7 ވަނަ ދުވަހު ދެން ނިކުންނާނީ ލީގުގެ ދެވަނައިގައި އޮތް އަޔަޔާވަދީއާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް