ނަޝީދުގެ ޝަރީއަތުގެ ތިންވަނަ އަޑުއެހުން މާދަމާ ރޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ ތިން ވަނަ އަޑުއެހުން މާދަމާރެއަށް ތާވަލްކޮށްފިއެވެ. ދައުލަކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައް...

01 Mar 2015 | 10:03

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ ތިން ވަނަ އަޑުއެހުން މާދަމާރެއަށް ތާވަލްކޮށްފިއެވެ.

ދައުލަކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސައިގައި ދައުލަތުން އުފުލާ ދައުވާގެ ޝަރީއަތް ތާވަލް ކޮށްފައިވަނީ މާދަމާރޭ 08:00 އަށެވެ.

ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ އާއި ގުޅިގެން އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ނަޝީދު ވިދާޅުވެފައިވަނީ، ދިވެހި އެއްވެސް ރައްޔިތަކަށް އަނިޔާއެއް ދިނުމަށް ނުވަތަ ހައްޔަރުކުރުމަށް އަމުރެއް ކޮށްފައިނުވާނެ ކަމަށެވެ.

އެމަނިކުފާނަކީ ޓެރަރިސްޓެއް ކަމުގައި ދިވެހި އެއްވެސް ރައްޔިތަކު ޤަބޫލު ނުކުރާނެ ކަމަށް އެރޭގެ ޝަރީއަތުގައި ވިދާޅުވި އެވެ. ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ލިބުނު ކާމިޔާބީއާއި ތާއީދަށް އެކަނި ބަލައިލުމުންވެސް އެކަން ވަރަށް ރަނގަޅަށް އެނގޭނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެ ދައުވާގެ ފުރަތަމަ ޝަރީއަތުގައި މިދިޔަ ހޯމަ ދުވަހު ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ނަޝީދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މީގެ އިތުރުން މާދަމާ ހަވީރު ފަހެއް ހަޖާއިރަށް ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމްގެ ޝަރީއަތްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް