ބީއެމްއެލްގެ ބްރާންޗަކުން ވަކި އަދަދަކަށްވުރެ މަދުން ފައިސާ ޖަމާ ކުރާނަމަ ފީއެއް ނަގަން ފަށައިފި

ބޭންކް އޮފް މޯލްޑިވްސްގެ މާލޭގެ ބްރާންޗް ތަކުން އެކައުންޓުތަކަށް ވަކި އަދަދަކަށްވުރެ މަދުން ފައިސާ ޖަމާ ކުރާ ނަމަ ފީއެއް ނަގަން ހަމަޖައްސައިފި އެވެ. ބީއެމްއެލްއިން ބުނީ މިއަދުން ފެށިގެން 10،000 ރުފިޔާ...

01 Mar 2015 | 09:40

ބޭންކް އޮފް މޯލްޑިވްސްގެ މާލޭގެ ބްރާންޗް ތަކުން އެކައުންޓުތަކަށް ވަކި އަދަދަކަށްވުރެ މަދުން ފައިސާ ޖަމާ ކުރާ ނަމަ ފީއެއް ނަގަން ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން ބުނީ މިއަދުން ފެށިގެން 10،000 ރުފިޔާއަށްވުރެ މަދު އަދަދެއް އެކައުންޓަކަށް ޖަމާކުރާނަމަ ފަސް ރުފިޔާ ފީއެއްގެ ގޮތުގައި ނަގާނެ ކަމަށެވެ. 640 ޑޮލަރަށްވުރެ މަދުން ޖަމާކުރަން ދާ ފަރާތްތަކުގެ އަތުން އެއް ޑޮލަރުގެ ޗާޖެއް ކުރާނެ ކަމަށެވެ.

ބޭންކުން ބުނީ އެގޮތަށް ހަމަޖެއްސީ އޭޓީއެމްތައް މެދުވެރިކޮށް ބޭންކިންގެ ހިދުމަތް ބޭނުން ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. އެ ބޭޏްކުން ބުނީ އަމިއްލައަށް ބޭންކިންގެ ހިދުމަތް ހޯދޭނެ 25 އޭޓީޢެމް މިހާރު ހުންނާނެ ކަމަށާއި މިއަދުން ފެށިގެން ބާޒާރު ބްރާންޗުގައިވެސް އެފަދަ ދެ އޭޓީއެމްގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

މިހާރު އޭޓީއެމް މެދުވެރިކޮށް ހޯދާ ހިދުމަތަކަށް އެއްވެސް ފީއެއް ނުނަގައެވެ. އެއޭޓީއެމްތައް މެދުވެރިކޮށް މިހާރު ދިވެހި ރުފިޔާ ނެގުމާއި ޖަމާކުރުމާއި ސިޓީ އުރާގައި ފައިސާ ޖަމާކުރުމުގެ އިތުރުން ޗެކް ޖަމާ ކުރުމުގެ ހިދުމަތް ލިބެ އެވެ. އަދި މިއަދު ތައާރަފު ކުރި ހިދުމަތްތަކުގެ ތެރޭގައި އޭޓީއެމް މެދުވެރިކޮށް ޔުޓިލިޓީސް ބިލްތަކަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް