މުޒާހަރާތަކުގެ ނޫސްވެރިންނަށް ލިބޭ ގެއްލުންތައް ބަލަން ފަށައިފި

ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކާއި އެއްވުނަތަކުގައި، ނޫސްވެރިންނަށްވާ ގެއްލުމާއި ހުރަސްތައް ބަލައި ދިރާސާ ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަގުތީ ކޮމި...

01 Mar 2015 | 09:08

ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކާއި އެއްވުނަތަކުގައި، ނޫސްވެރިންނަށްވާ ގެއްލުމާއި ހުރަސްތައް ބަލައި ދިރާސާ ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަގުތީ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

މީޑިއާ ކައިސިލުން މިއަދު ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މުޒާހަރާތަކުގައި "ނޫސްވެރިންނަށް ކުރިމަތިވާ ހުރަސްތަކާއި ލިބިފައިވާ ގެއްލުން" ބަލައި ދިރާސާ ކުރުމަށް ގެއްލުންލިބޭ ނޫސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިއަދު ބައެއް ނޫސްވެރިން އެ ކައުންސިލަށް ހާޒިރުކޮށް ސުވާލު ކުރުމަށް ނިންމާފައިވާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލި ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގެންނަވަނީ މުގައްރިރެއްގެ ގޮތުން ކައުންސިލް މެންބަރު ހުސައިން ހަސަން އާއި ނައިބު މުގައްރިރު އަހުމަދު ހަމްދޫން އެވެ. އިތުރަށް ހިމެނިވަޑައިގެންނަވަނީ މިއުސަމް އައްބާސް އާއި މުހައްމަދު ރަފީގު އަދި ހަފްސީ އަބްދުﷲ އެވެ.

މިހާރު ކޮންމެ ރެއަކު އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ނޫސްވެރިންނަށް ދަނީ އެކި އަނިޔާތައް ވަމުން ނެވެ. އެގޮތުން ވީމީޑިއާ އާއި ވަގުތުގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިއަކަށް އަނިޔާވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް