މިރޭގެ މުޒާހަރާގައި އެކަކު ހައްޔަރު ކޮށްފި

ހައްޔަރު ކޮށްފައިވާ މީޙުން ދޫކޮށްލުމަށް ގޮވާލައި މާލޭ ސިޓީ ކައުންސިލް ކައިރީގައި އެމްޑީޕީ އަދި ޖޭޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އެކަކު ހައްޔަރު ކޮށްފި އެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވ...

28 Feb 2015 | 20:14

ހައްޔަރު ކޮށްފައިވާ މީޙުން ދޫކޮށްލުމަށް ގޮވާލައި މާލޭ ސިޓީ ކައުންސިލް ކައިރީގައި އެމްޑީޕީ އަދި ޖޭޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އެކަކު ހައްޔަރު ކޮށްފި އެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވި ދުވަހުގެ ނޫސްވެރިޔާ އިސްމާއިލް އަޖީރު ބުނީ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރާއި އެމްޕީ އަލީ އާޒިމާއި ޑރ.ޑީޑީގެ އިތުރުން ހައްޔަރުކޮށްފައިވާ އެކްޓިވިސްޓުން މިނިވަން ކުރުމަށް މިރޭގެ މުޒާހަރާގައި ގޮވާލި ކަމަށެވެ.

12 ޖެހުމާއެކު މުޒާހަރާ ކުރިއަށް ނުގެންދިއުމަށް ފުލުުހުން ތަކުރާރުކޮށް އިންޒާރު ދިނުމުން މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިޔައީ 12:16 ހާއިރު އެވެ.

ފުލުހުން ބުނީ މިރޭގެ މުޒާހަރާގައި މީހަކު ހައްޔަރު ކުރީ މުޒާހަރާ ކަވަރުކުރަން ގޮސްތިބި ނޫސްވެރިންނަށް އިންޒާރު ދިނުމާ ގުޅިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް