ފާށަނާކިލެގެ ފާނު މަގުގައި ޕާކު ކޮށްފައިއޮތް ޕިކަޕެއްގެ ދަށުން ފުޅިތަކަކަށް ޕެޓްރޯލް އަޅާ ތައްޔާރުކޮށްފައި ހުރި "ޕެޓްރޯލް ބޮން"ތަކެއް ފެނިއްޖެ އެވެ.
އެ ސަރަހައްދުގައި ހުރި ދުވަހުގެ ނޫސްވެރިޔާ ޔޫސުފް ރިޝްފާން ބުނީ ޕިކަޕެއްގެ ދަށުން ޕެޓްރޯލް އަޅާފައިހުރި ފުޅިތަކެއް ފުލުހުން ހޯދީ 23:45 ހާއިރު ކަމަށާއި އެ ފުޅިތަކަށް ޕެޓްރޯލް އަޅާފައި ހުރި އިރު ފުޅިތަކުގައި ފީތާވެސް ލައްވާފައި ހުރި ކަމަށެވެ.
ފުލުހުން ބުނީ އެޕިކަޕު ދަށުން ފެނުނު ކޮތަޅެއް ނަގައި ބަލައިފާސްކުރިއިރު އެ ކޮތަޅު ތެރެއިން ޕެޓްރޯލް އަޅާފައިހުރި ރާނީ ހުސްކުރި ހަ ފުޅި ފެނުނު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް