އިންޑިއާގެ ޔޫނިއަން ބަޖެޓު 2025: ރާއްޖެއަށް ކަނޑައެޅި އެހީގެ އަދަދު 28 އިންސައްތަ ބޮޑުކޮށްދީފި

ނިމިދިޔަ 2024 ވަނަ އަހަރު އިންޑިއާގެ ޔޫނިއަން ބަޖެޓުގައި "ފޮރިން އެއިޑް" ގެ ގޮތުގައި ރާއްޖެއަށް ކަނޑައެޅި އެހީގެ އަދަދު މި އަހަރުގެ ޔޫނިއަން ބަޖެޓުގައި 28 އިންސައްތަ އިތުރުކޮށްފިއެވެ. މިދިޔަ އަހަރު ކަ...

01 Feb 2025 | 12:16

ނިމިދިޔަ 2024 ވަނަ އަހަރު އިންޑިއާގެ ޔޫނިއަން ބަޖެޓުގައި "ފޮރިން އެއިޑް" ގެ ގޮތުގައި ރާއްޖެއަށް ކަނޑައެޅި އެހީގެ އަދަދު މި އަހަރުގެ ޔޫނިއަން ބަޖެޓުގައި 28 އިންސައްތަ އިތުރުކޮށްފިއެވެ.

މިދިޔަ އަހަރު ކަނޑައެޅީ 470 ކަރޯޑު ރުޕީސް އެވެ. މި އަހަރު ކަނޑައަޅާފައިވަނީ 600 ކަރޯޑު ރުޕީސް އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މި ބަދަލު އައިސްފައިމިވަނީ ދިވެހި ސަރުކާރުން އިންޑިއާއާއި ގުޅުން ބަދަހި ކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތުގެ ސަބަބުންނެވެ. އަދި ކުރީ އަހަރު އެ އަދަދު ދަށްކުރީ އޭރު ރާއްޖެ-އިންޑިއާ ގުޅުން ގޯސްވުމުން ކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާއިން 2025-26 އަށް އެކުލަވައިލި ޔޫނިއަން ބަޖެޓުގައި މި އަހަރުވެސް އެހީގެ އެންމެ ބޮޑު އަދަދެއް ހިމަނާފައިވަނީ ބޫޓާނަށެވެ. އެއީ 2150 ކަރޯޑު ރުޕީސްއެވެ. ނޭޕާލަށް 700 ކަރޯޑު ރުޕީސް ކަމުގައި ކަނޑައަޅާފައިވާއިރު މޮރިޝަސް އަދި މިޔަންމާއަށް ކުރިން ކަނޑައެޅިވަރަށްވުރެ ދަށްކޮށްފައިވެއެވެ. އަދި ލަންކާއާއި ބަންގްލަދޭޝް އަށް ކަނޑައެޅި އަދަދަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް